ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ރައީސް މައުމޫން ބޭނުންފުޅެއް ނުވޭ!

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލު ބަންދެއްގައި ކަމަށެވެ. އަދި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމަ އެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިއަސް މިނިވަން ވުމެވެ.
މައުމޫނު ވިދާޅުވިގޮތުގައި ރައީސް ޔާމިނަށް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާ ސިޔާސީ މަސައްކަތް ނުކުރެއްވޭނެ އެވެ. ރައީސް މައުމޫނަކީ ރައީސް ޔާމިންގެ އެއްބަފާ ކޮއްކޯފުޅެވެ. އެކަމަކު 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ޖުޑިޝަރީ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި މައުމޫން ހުންވިކަމަށް ސާބިތުވެ އެމަނިކުފާނު ޖަލަށް ލެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ