ކުޑަ ކުޑަ އިކުއިޑޯ އަރާ ޖަރުމަނު ހަނާކޮށްލައިފި

މި ނަތީޖާއާއެކުވެސް ޖަރުމަނު ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 32 ގެ ބުރުން ފުރުސަތު ހޯދާފައެވެ. އަދި މި މޮޅާއެކު އިކުއިޑޯއަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާވެފައެވެ. އެޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބުން ބިނާވެފައިވަނީ މި މުބާރާތުގައި އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތެއްގެ މައްޗަށެވެ.
ޖަރުމަނަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ހަތަރު ފަހަރު ތަށި އުފުލާލާފައިވާ ކާމިޔާބު ޓީމެކެވެ. ނަމަވެސް ފަހަކަށް އައިސް އެޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޯޗު ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނުން މަސައްކަތް ކުރަމުންދަނީ އަލުން އެޓީމުގެ ކުރީގެ ވަރުގަދަކަން ހޯދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ