މިއަދު 2 އިން ހަވީރު 4 އަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ

މިއަދު މެންދުރު މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެއެވެ.
ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 14:00އިން ފެށިގެން، ހަވީރު 16:00އާ ދެމެދު ގަލޮޅުގެ ރެހެންދި ހިނގުމާއި، ސިއްތިމާވާ ހިނގުން އަދި ލޮނުޒިޔާރަތް މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓައި އެ ކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ.
ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް ބައެއް ވަގުތުތަކުގައި މެދުކަނޑައިލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ