ރައީސް އަންގަވައިގެން ކޮލަމާފުށި ޔޫތު ސެންޓަރުގެ މުވައްޒަފަކު ވަކިކޮށްފި

ރައީސް ނަޝީދަށް ތާއީދު ކުރާތީ، ރައީސުލްޖްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން ގއ. ކޮލަމާފުށި ޔޫތު ސެންޓަރުގެ މުވައްޒަފަކު ވަކިކޮށްފިއެވެ.
މަގާމުން ވަކި ކޮށްފައިވަނީ އެރަށު ޔޫތު ސެންޓަރުގެ، ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި އެރަށު ބޮންތި، ސައްފަތުﷲ ޖަމީލް އެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާތީ ދާދި ފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ. އަމްރު މަގާމުން ވަކި ކުރުމަށްފަހު ރައީސް އޮފީހުން ބުނެފައިވަނީ އެބަދަލަކީ އެސްޓީއޯގެ ހިންގުން ހީނަރުވެފައިވާތީ އެކަން ރަނގަޅު ކުރުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރައީސް ނަޝީދަށް ފާޅުގައި ތާއީދު ތާއީދުކޮށް ވާހަކަ ދައްކާ އެންމެން މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ރައީސް އިބްރާހިމް އަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން ކޯލިޝަންގެ ޕާޓްނަރެއް ކަމަށްވާ ޖޭޕީގެ މެމްބަރުންނަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އިންޒާރު ދެއްވައިފައެވެ. ނަމަވެސް ޖޭޕީގެ ލީޑަރުވަނީ އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ