މޫސުން އިތުރަށް ގޯސްވެ އެލާޓް ލެވަލް މަތިކޮށްފި

މިހާރު ކުރަމުންދާ ވިއްސާރާގައި ވައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފި އެވެ.
ބުނީ ކީކޭ؟ - މެޓް އޮފީހުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ވިއްސާރަ ވާނެ ކަމަށް ލަފާކޮށް ނެރެފައިވާ ޔެލޯ އެލާޓު އޮރެންޖަށް ބަދަލުކުރީ، އިތުރަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް މެޓުން ބުންޏެވެ.
"މިއަދާއި މާދަމާ ވިއްސާރަ ވާނެ. އެހެން ނަމަވެސް ލަފާކުރެވެނީ މި އަދަށް ވުރެ މާދަމާ ވާރޭ ވެހުން މަދުވާނެ ކަމަށް. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ ބުދަ ހިސާބުގައި،" މެޓުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި އެވެ.
މެޓުން ބުނީ ބޮޑަށް ވިއްސާރަ ކުރާނީ މެދުރާއްޖެތެރެ އާއި އުތުރަށް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
އޮރެންޖު އެލާޓު:
ނ. އަތޮޅުން ދ. އަތޮޅަށް
ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ؛ ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ؛ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރަނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދު؛ ދިޔަވަރު ބޮޑު ވަގުތުތަކުގައި ބައެއް ރަށްރަށް އުދައެރުން އެކަށީގެންވޭ
އޮރެންޖު އެލާޓު ނެރެނީ ގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭނަމަ
އެނގުން މުހިންމު - މިއަދަކީ ހުޅަނގު މޫސުމުގެ 13 ވަނަ ނަކަތް އަތަ ނަކަތުން ހަ ވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެ ދޭތެރެއިން ކޮޅިގަނޑުތައް އައުމަކީ އާންމު ކަމެކެވެ.
އިތުރަށް ކިޔާލުމަށް -
50 މޭލަށް ވައި ގަދަވާނެތީ ބުރިޖާއި ހައިވޭގައި ސަމާލުވާން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ