ގެސްޓެއްގެ ދަބަހާ ކޭޝްކާޑު ވަގަށް ނަގާ ވިޔަފާރި ކުރި ދިވެއްސަކު ހައްޔަރަށް

ފުލުހުން ބުނި ގޮތުގައި ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެ މީހާ ވަނީ ކޮށްފައެވެ.
ޓޫރިސްޓެއްގެ ދަބަހެއް ވަގަށް ނަގާ ކޭޝްކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖު ބަލައި މީހާ ދެނެގަތުމަށް ފަހު ކަމަށްވެސް ބުންޏެވެ.ފުލުހުން ބުނި ގޮތުގައި ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެ މީހާ ވަނީ  ކޮށްފައެވެ. އަދި އެ ތަކެތި ފުލުހުން މިހާރު ހޯދާފައިވާ ކަމަށްވެސް ބުންޏެވެ.ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ