އެމްޑީޕީއިން ވަކިވާން ނިންމި މެމްބަރުންގެ ތެރޭގައި މަޑަވެލި ދާއިރާގެ މެމްބަރާއި ގައްދޫ ދާއިރާގެ މެމްބަރު ހިމެނޭ!

އެމްޑީޕީ ވަރަށް ބޮޑަށް ބައިބައިވެ ޚިޔާލު ތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި އެޕާޓީއިން ވަކިވާން ނިންމި މެމްބަރުންގެ ތެރޭގައި ގައްދޫ ދާއިރާގެ އަހްމަދު ޒާހިރު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހިމެނިވަޑައިގެންފި އެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމެމްބަރުންވެސް މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެޕާޓީގެ ސެކެޓަރޭޓަށް ސިޓީ ފޮނުއްވާފައެވެ.
މެމްބަރު އަހުމަދު ޒާހިރު އާއި މެމްބަރު ހުސެއިން ފިރުޝާން އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ "ފިކުރެއްގެ ދިރުމުގައި" އިސްކޮށް އުޅުއްވާ ދެމެމްބަރުންނެވެ.
މި ދެމެމްބަރުންގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި 10 މެމްބަރަކު ވަނީ އެޕާޓީއިން ވަކިވާން ނިންމައި ސިޓީ ފޮނުވާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.
މި މެމްބަރުން އެޕާޓީއިން އިސްތިއުފާ ދެއްވިކަން ފިކުރެއްގެ ދިރުމުގެ އިސް އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަން ރަސްމީކޮށް އިއުލާނުކުރަމަށް އެ ފެކްޝަނުގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 17:00 އަށް ވަނީ ތާވަލުކޮށްފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ