ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ވަނީ އެ މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން އަންގާފައެވެ. މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދުނީ، ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށެވެ.
އަދި ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ މަޝްވަރާއަށް ފަހު ނިންމެވީ، ދަށު ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރުމަށެވެ.
ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ