ރޯދަ މަހު ކަރަންޓު ބިލްތަކަށް 45 މިލިއަން ރުފިޔާގެ ދިން ޑިސްކައުންޓް ދިން!

ރޯދަ މަހު ކަރަންޓު ބިލްތަކަށް ސްޓެލްކޯއާއި ފެނަކައިން 45 މިލިއަން ރުފިޔާގެ ދިން ޑިސްކައުންޓް ދީފައިވާނެކަމަށް އެ ދެކުންފުނިން ހާމަކޮށްފިއެވެ.
މިކަމާބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދާއި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވަނީ، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލަށް ދީފައިވާ ޑިސްކައުންޓްގެ ތަފްސީލް ޙިއްސާކުރަށްވާފައެވެ.
ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ފާއިތުވީ ރަމަޟާންމަހު ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓުން ދީފައިވާއިރު ރޯދަ މަހު ފޮނުވި ބިލަށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށްވެސް ޑިސްކައުންޓް ދީފައިވާ ކަމަށާއި، އަލަށް ކަރަންޓުލީ ފަރާތްތަކަށްވެސް އެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ.
ފަހުމީ މިއަދު ވިދާޅުވީ ރޯދަ މަހު ކަރަންޓުގެ ޕީކް އުޅެނީ ހަވީރު 4 އަކުން 6 އަކާއި ދޭތެރޭގައި ކަމަށާއި، މާލޭގެ 48،000 ކޮންސިއުމަރުންނަށް ރޯދަ މަސް ފެށުނު ދުވަހާއި ނިމުނު ދުވަހު ރީޑިން ނަގާ ހަމައެކަނި ރޯދަމަހަށް ބިލު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ.
ފަހުމީ ވިދާޅުވީ އެގޮތުގެ މަތިން ޑިސްކައުޓް ދިނުމަކީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެކަން އެގޮތުގެ މަތިން ކުރެއްވުމަށް ފެނިވަޑައިގަތީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ހުރިކަމަށްވުމުން ލުއިތަކެއް ލިއްބައިދިނުމަށްކަމަށާއި އެއީ އޯގާތެރި ނިންމުމެއްކަމަށެވެ.
މީގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެ ކުންފުނިން ބިލް ކުރަމުން ދިޔައީ ޔޫއާރްއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށާއި، ރޯދަ މަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށާއި ފެނަކައިން ރޯދަމަހު ފޮނުވި ބިލުން ޖުމްލަ 25 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާ ކަމަށެވެ.
އަދި ޑިސްކައުންޓް ހަދާފައިވާނީ އެ ދުވަސްތަކާ އެކުގައި ކަމަށާއި އެވްރެޖަށް ވުރެ އިތުރުވި ބަޔަށް ޑިސްކައުންޓް ދީފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ބިލުގައި އާންމު މަސްމަހަށް ވުރެ އިތުރު ނުވާ ބިލުތަކުން ޖެހިގެން އައި މަހުން 10 ޕަސެންޓް ޑިސްކައުންޓު ދޭނެ ކަމަށާއި ފުރަތަމަ ބިލުން އެއްވެސް ޑިސްކައުންޓެއް ނުލިބޭ ބިލުތަކަށް ވެސް މި ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ