ތިނަދޫ ދާއިރާގެ ވޯޓުފޮށްޓެއް އަލުން ގުނަން ހުށަހެޅި މައްސަލައިގައި ބުރަދަނެއް ނެތް - އީސީ

މި މަހު 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގެ ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން ގުނައިދިނުމަށް އެދުނު މައްސަލައިގައި ބުރަދަނެއް ނެތް ކަމަށާ އަލުން ގުނަން ޖެހޭ ފަދަޙާލަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ގދ. ތިނަދޫ ނެޝަނަލް ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓުނު 5 ނަންބަރު ވޯޓް ފޮށި އަލުން ގުނަން އެދި އީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރި ޕީއެންސީ ކެންޑިޑޭޓު އަބްދުﷲ ޝަރީފުގެ ފަރައިތުންނެވެ.
އަބްދުﷲ ޝަރީފުގެ ޓީމުގެ ފަރައިތުން މައްސަލަ ހުށަހަޅާފައިވަނީ އެ ކެނޑިޑޭޓުގެ ފަރައިތުން އެއްވެސް މަންދޫބެއް ނެތި ވޯޓު ގުނާފައިވާކަމަށް ބުނެއެވެ. މީގެ އިތުރުން ވޯޓު ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓު ކަރުދާހާއި ގުނި އިރު ހުރި އަދަދު ބޮޑުތަނުން ތަފާތު ކަމަށް ވެސް ވަނީ އަބްދުﷲ ޝަރީފުގެ ޓީމުން މައުލޫމާތު ދެއްވައެވެ.
ތިނަދޫ ދެކުނު ދާއިރާއަށް 5 ކެނޑިޑޭޓުން ވާދަކުރެއްވި އިރު އެ ދާއިރާއާށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަލްސަން އަޙްމަދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އަލްސަންއަށް 870 ވޯޓު ލިބުނު އިރު އަބްދުﷲ ޝަރީފަށް ލިބުނީ 799 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ