މެދުނުކެނޑި ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފި

މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސްޓެލްކޯއިން ދެ ޖަނަރޭޓަރު ސެޓު ގެނެސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެގެނެވި ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވި، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް މިވަނީ ރާއްޖެގެނެވި ބެހެއްޓުމުގެ މަސައްކަތް ފެށިފައި. މާތްﷲގެ އިރާދަފުޅާއެކު، ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2… pic.twitter.com/bb821ZHczL
— STELCO (@STELCOMALDIVES) January 13, 2024
މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށާއި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމަށެވެ.
" އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ރައީސް މުޢިއްޒުގެ ⁦ޒަޢާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަރ ޕްރޮޖެކްޓް، ސިކްސްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އިންޤިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް މި ވެރިކަމުގައި ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ