ރިންގްރޯޑް ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ

ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ސައިކަލާއި ބަހާއި ކާރަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް އެއް ވެސް ނެތެވެ.
ރިންގްރޯޑް ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް އައި ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕެއްގައި އޮތް އެމްޓީސީސީގެ ބަހެއް ގައި ޖެހި މަގު އަނެއް ފަރާތުގައި އޮތް ކާރެއް ގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާައަށް ވަނީ އަނިޔާވެފައެވެ. އޭނާައަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ.ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ސައިކަލާއި ބަހާއި ކާރަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ އަތުގައި ލައިސަންސް އެއް ވެސް ނެތެވެ.އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 8:00 އެހާކަން ހާއިރު ކަމަށާ އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ