މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި

ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ދަރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމެއް ހިނގާފައިވަނީ ހިޔާ 13 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ، ހ. އެހަޑަ، އުމުރުން 28 އަހަރުގެ މުހައްމަދު އިސްމާއިލްކަމަށެވެ. މުހައްމަދު އިސްމާއީލްް ހައްޔަރުކުރީ އޭނާގެ މަންމައަށް މަރުގެ އިންޒާރުދީ އަނިޔާކުރުމުގެ އިތުރުން މަންމައަތުން ފޭރުމުގެ ތުހުމަތުގައެވެ. 
ފުލުހުން ބުނީ ހިޔާ 13 ގެ އެޕާޓްމަންޓަކުން މީހަކު ރޯއަޑު އިވޭތީވެ، އިއްޔެ އިރުއޮއްސި ގަޑިން 18:17 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރިކަަމަށެވެ. ފުލުހުން އެޕާޓްމަންޓަށް ދިއުމުން ދޮރުހުޅުވީ އަންހެންމީހާއެވެ. ފުލުހުން އެޕާޓްމަންޓަށް ވަނުމުން އަންހެންމީހާ ވަނީ އޭނާގެ ދަރިފުޅުގެ އަމަލުތަކުގެ ވާހަކަ ފުލުހުންނަށް ކިޔައިދީފައެވެ. މަންމަ މަރާލާނެކަމަށް ބުނެފައިވަނީ ވަޅިންނެވެ. 
Advertisement
މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން މުހައްމަދު އިސްމާއީލް ވަނީ ހައްޔަރުކޮށްފައެވެ. އަންހެންމީހާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ފަރުވާދީ ވަނީ ގެއަށްދޫކޮށްލާފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ