މަރު ކޮމިޝަންގެ ކުއްލި ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން (މަރު ކޮމިޝަން) ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.
މަރު ކޮމިޝަނުން މިއަދު 3:45 ގައި ކުރި ޓުވީޓެއްގައި ބުނީ، އެ ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު 4:30 ގައި ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.
އަދި އެ ޕްރެސް ކޮންފަރެންސް ޓީވީ ޗެނަލްތަކާއި ރައީސް އޮފީހުގެ ޓުވިޓާ އެކައުންޓުން ވަގުތުން ގެނެސްދޭނެ ކަމަށްވެސް ބުންޏެވެ. މި ޕްރެސް ކޮންފަރެންސް ބާއްވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި،ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް މިއަދުގެ ވަގުތެއްގައި އެ ކޮމިޝަންގެ ފަރާތުން ރައީސްގެ އަތްޕުޅަށް އަރުވާނެ އެވެ.
އެ ރިޕޯޓް އާއްމު ކުރާނެ ކަމެއް ކަށަވަރެއް ނޫނެވެ
މަރު ކޮމިޝަނުން 25 މަރެއްގެ މައްސަލަ ބަލަމުން އަންނައިރު، އެންމެ އިސްކަންދީގެން ބަލަނީ ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ މަރާލި މައްސަލަ އެވެ.
ރިލްވާންގެ މަރާލި މައްސަލައިގައި ދައުލަތުން މިހާރު ވަނީ ތިން މީހެއްގެ މައްޗަށް ދައުވާވެސް އުފުލާފައެވެ. ދައުވާކޮށްފައިވަނީ މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) އަދި މާލެ ދަފްތަރު އަހްމަދު މުއާޒު (ގަޓު މުއާ) އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ