ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އަށް ބޭފުޅުން ކުރިމަތިލައްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެެވެ.ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން މިދިޔަ ޖުލައި މަހުގެ ހަތްވަނަ ދުވަހު ކުރި އިއުލާންގެ މުއްދަތު ހަމަވީ ބުދަ ދުވަހު އެވެ.ކްރިމިނަލް ކޯޓުން ގާޒީއަކު ހޯދަން އިއުލާނު ކުރީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ދީބަނާޒު ފަހުމީ ހައި ކޯޓަށް އައްޔަން ކުރުމާ ގުޅިގެންނެވެ. ދީބަނާޒު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އިއްޔެ އެވެ.ދީބަނާޒު ހައި ކޯޓަށް އައްޔަން ކުރީ، އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުން އޭނާ ކުރިމަތިލައްވައިގެން ހޮވިވަޑައިގަތުމުންނެވެ.ކްރިމިނަލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާއާ އެކު ޖުމްލަ 48،300 ރުފިޔާ ލިބެ އެވެ.މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.ޖޭއެސްސީން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތުވެސް ހާމަކޮށްފަ އެވެ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން:އުއްމުކުލްސޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫއިބްރާހީމް އިޙްސާން / އެށެވެލި، ސ. މަރަދޫއާމިނަތު އަޒްލިފާ / ގުލާބީގެ، ރ. ރަސްގެތީމުމުހައްމަދު ޢާސިރު / ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސްއަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ .ބިލެތްދޫސިޔާމާ މުހައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ