އެންމެ ފަހުގެ އައިފޯން ޕްރީއޯޑަރ ކުރި ދިރާގު ކަސްޓަމަރުންނަށް ދޫކުރަން ފަށައިފި

އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކާ އެކު އުފައްދާފައިވާ އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް  ޕްރީއޯޑާ ކޮށްފައިވާ ދިރާގު ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަންފަށައިފިއެވެ.އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑަރު ކުރުމަށް ދިރާގުން މިދިޔަ ހުކުރު ދުވަހު ހުޅުވާލުމާއެކު ކުޑަ ހިނދުކޮޅެއްގައި ތެރޭގައި ސްޓޮކް ހުސްވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ދިރާގުން ބުނީ އާ ސްޓޮކް ލިބުމުން އަލަށް ތައާރަފުކުރި އައިފޯން ދިރާގުން ގަތުމުގެ ފުރުޞަތު އަނެއްކާވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.ޒަމާނީ އައު ފީޗާރސް ތަކަކާއިއެކު ނެރެފައިވާ މި އައިފޯން މޮޑެލްތައް ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއިއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ވެސް ގަނެވޭނެއެވެ. އަދި މި އައު އައިފޯނު ދިރާގު މެދުވެރިކޮށް ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް، މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ވެސް ލިބޭނެއެވެ.ދިރާގުން އައިފޯނު 14 ވިއްކަނީ:އައިފޯން 14 ޕްރޯ - 128ޖީބީގެ ފޯނެއް، 23،899ރ.އަށްހަ މަސް ވާންދެން، 5 ޖީބީ ޑޭޓާ ހިލޭ12 މަހަށް ބަހާލައިގެން، މަހަކު ދައްކަން ޖެހެނީ 1،799ރ.؛ ފުރަތަމަ މަހު، އެޑްވާންސްގެ ގޮތުގައި 4،999ރ.އައިފޯން 14 ޕްރޯ މެކްސް - 128ޖީބީގެ ފޯނެއް، 26،299ރ.އަށް 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހެނީ 2،019ރ.؛ ފުރަތަމަ މަހު، އެޑްވާންސްގެ ގޮތުގައި 4،999ރ. ނަގާނެދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.ޕްރޯ ރޭންޖުގެ އައިފޯނަށް އެންމެ ހާއްސަ އެއް ފީޗާއަކީ "ޑައިނަމިކް އައިލެންޑް" ގެ ގޮތުގައި އެޕަލް އިން އައިފޯން 14 ނެރުނު ރޭ - މި މަހުގެ 7 ގައި އެޕަލްއިން ދައްކާލި ފީޗާ އެވެ. ފޯނުގެ ޑިސްޕްލޭގެ މަތީގައި އިންނަ ނޮޗަކީ އަންނަ ނޯޓިފިކޭޝަންތަކާއި ބެކްގްރައުންޑް އެކްޓިވިޓީތައް މާ ފުރިހަމައަށް ދައްކުވައިދޭނެ ތަނެކެވެ. އޮލްވޭސް އޮން ޑިސްޕްލޭއެއް މި ފޯނުތަކަށް އެޕަލްއިން ގެނައިއިރު މުޅިން އާ އޭ-16 ބަޔޮނިކް ޗިޕެއް ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ސަބަބުން ފޯނުގެ މަސައްކަތްތައް އެހެން ފޯނުތަކަށް ވުރެ ހަލުވިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.މެއިން ކެމެރާގެ ސެންސާ 48 މެގަޕިކްސަލްއަށް ބޮޑުކޮށްފައިވާއިރު އެޕަލްގެ "ޕްރޯ ރޯ" ފޯމެޓުގައި ފޮޓޯތައް ނަގާލެވޭނެ އެވެ. އަދި، 24 ފްރޭމްގައި ވީޑިއޯތައް ވެސް ނަގާލެވޭނެ އެވެ. ޕްރޯ ރޭންޖުގެ ފޯނުތަކަށް ވެސް ސެޓެލައިޓް މެދުވެރިކޮށް އެސްއޯއެސް ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ.އެޕަލް އިން އައިފޯން 14 ނެރުނީ މި މަހުގެ 7ގަ އެވެ. އައިފޯން 14ގައި ސެޓެލައިޓު މެދުވެރިކޮށް އިމަޖެންސީ ހިދުމަތްތަކަށް ގުޅުމުގެ ގާބިލުކަން ހިމަނާފައިވެ އެވެ. ރޭންޖު ނުލިބޭ ހިސާބުތަކުގައި ދިމާވެދާނެ އިމަޖެންސީއަކަށް ބޭނުންތެރި މި ހިދުމަތުގައި، އެ މީހަކު ހުންނަ ހިސާބާ ކައިރިން ދަތުރުކުރާ ސެޓެލައިޓުތައް ދައްކުވައިދީ، އެ ސެޓެލައިޓުތަކާ ދިމާލަށް ފޯނު ދިއްކޮށް އާދައިގެ މެސެޖެއް ފޮނުވާލުމަށް ހޭދަވާނީ 15 ސުކުންތާއި މަދު މިނިޓުކޮޅަކާ ދެމެދުގެ ވަގުތު ކަމަށް އެޕަލް އިން ބުނެ އެވެ.އެޕަލްއިން ބުނާ ގޮތުގައި 14 ޕްރޯ އާއި ޕްރޯ މެކްސްއަކީ އެ ސީރިސްގައި ޓެކްނޮލިޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފޯނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ