ރިޔާސީ ކެމްޕެއިނަށް ރައީސް ޔާމީން އައްޑޫ ސިޓީއަށް

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިދަތުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
މިދަތުރުގެ ބޭނުމަކީ އައްޑޫ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން ބޭނުންވާކަންކަން އޮޅުންފިލުގައި އެކަންކަމަށް ރައީސް ޔާމީންގެ ތަސައްވަރު ހިއްސާ ކުރުންކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. މިދަތުރުތަކުގައި އެޕާޓީގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތުވެސް ދަނީ އެއްކުރަމުންނެވެ.
ޕީޕީއެމުން ވަނީ ރިޔާސީ ޓިކެޓުވެސް ރައީސް ޔާމީނާއި ހަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ