މަހިބަދޫއަށް އާ ޖަނަރޭޓަރަކާ އެކު ކަރަންޓުގެ ފެންވަރު މަތި ކުރަނީ: ސްޓެލްކޯ

އދ. މަހިބަދޫގައި ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް އާ ޖަނަރޭޓަރުޔ ސެޓެެއް އިންސްޓޯލް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އދ. މަހިބަދޫގައި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި މަހިބަދޫއަށް ވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެގޮސްފައި ކަމަށެވެ. އެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކެޕޭސިޓީ ވަރުގަދަކުރުމަށް އަންނަނީ އާ ޖަނަރޭޓަރު ސެޓްތައް ގެންގިސް އިންސްޓޯލް ކުރަމުންނެވެ.
ޒަމާން ތަރައްގީ ވަމުން އަންނަ މިންވަރަކަށް ކަރަންޓުގެ ބޭނުން ކުރާ ތަކެތި ބޭޏުން ކުރާ މނިްވަރު މިހާރު އިތުރުވަމުން ދިއުމާއި އާބާދީއަށް އަންނަ ބަދަލާ އެކު ކަރަންޓު ކެޕޭސިޓީ ރަށްރަށުގައި މި ވަނީ ބަދަލު ކުރަން ޖެހިފައެވެ. މި ބަދަލުތައް ގެންނަނީ މުސްތަގްބަލަށް ވެސް ބެލުމަށް ފަހު ކަރަންޓުގެ ހިދުމަތް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ