އެކުގައި މަސައްކަތް ކުރަން ޕީޕީއެމް އަށް ދައުވަތެއް ނުދެން: އުމަރު

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމަށް، އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދައުވަތު ދީފައި ނުވާނެ ކަމަށް މި އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ އުމަރުގެ ފަހަތަށް ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި އަރަން އޭނާ ދައުވަތުދެއްވި ކަމަށާއި އޭގެބަދަލެއްގެ ގޮތުގައި، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކޮށްދެއްވާނެ ކަމަށް އުމަރު ވިދާޅުވެފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައެވެ.
އުމަރު ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
އުމަރުގެ ފޭސްބުކްގައި ވެއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު މިހާރު ގެންދަވަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
އުމަރުގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ