ހަނދުމަކޮށްދިނުމެއް!: ނަމާދު ޖަމްޢުކުރާ މީހާ، ނަމާދުގެ ރަވާތިބު ސުންނަތްތައް ކުރާނެގޮތް-

ނަމާދު ޖަމްޢުކުރާ މީހާ، ނަމާދުގެ ރަވާތިބު ސުންނަތްތައް ކުރަން ބޭނުންނަމަ ކުރާނީ އަންނަނިވި ގޮތަށެވެ. 
މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކުރާ އިރު: 
ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކްޢަތެވެ. 
ދެން ކުރާނީ މެންދުރު ނަމާއި ޢަޞްރު ނަމާދު ޖަމްޢުކޮށެވެ. އެގޮތަށް ކުރާނީ މެންދުރު ނަމާދުގެ 4 ރަކްޢަތްކޮށް ސަލާމްދީފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތް ކުރާނީއެވެ. 
ދެން ކުރާނީ މެންދުރު ނަމާދުގެ ފަހު ސުންނަތުގެ ދެ ރަކްޢަތެވެ. 
މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކުރާ އިރު 
ފުރަތަމަ ކުރާނީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށެވެ. އެގޮތަށް ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށްފައި ސަލާމްދީ ދެން ޢިޝާ ނަމާދުގެ 4 ރަކްޢަތް ކޮށްގެންނެވެ. 
ދެން ކުރާނީ މަޣްރިބް ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްޢަތެވެ.
ދެން ކުރާނީ ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްޢަތެވެ. 
- ޝައިޚް މުޙައްމަދު ޝާފިޢު 
މަރްޖިޢު
https://islamqa.info/ar/answers/137720
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ