ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ވީކިހިނެއް؟ - ހައި ކޯޓު އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުންނެވެ. ދެން އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމި މުހައްމަދު ފައިސަލް މަގާމަށް އައްޔަންކުރުމުގެ ކުރިން ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ތަފްސީލް - މީގެ ދެ ހަފުތާ ކުރިން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލި މުއްދަތު ހަމަވިއިރު މިހާތަނަށް ކުރިމަތިލެއްވީ ތިން ބޭފުޅެއްކަން އެނގިފައިވެ އެވެ. އެ ތިން ބޭފުޅުންނަކީ:
މިހާރު ހައި ކޯޓުގެ ހިންގެވުން ހަވާލުކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ
ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ
ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް
މީގެ ތެރެއިން އިސް ފަނޑިޔާރު ކަމަށް އައްޔަންކުރާނެ ބޭފުޅެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ