ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތަކެތި މާކެޓް ކުރަން ޚާއްސަ ލޯގޯ ދޫކުރަން ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް ބޭނުންކުރާ ޚާއްސަ ލޯގޯ ކަމަށްވާ "ޝާމިލް ލޯގޯ" ދޫކުރަން ރަސްމީކޮށް ފަށައިފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ބްރޭންޑް އައިޑެންޓިޓީއެއް ގާއިމްކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ލޯގޯ ބޭނުންކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި މި ލޯގޯ ހަރުކުރެވި، އެއީ އެފަދަ ފަރާތަކުން އުފެއްދި އެއްޗެއްކަން މުދާ ގަންނަ ފަރާތްތަކަށް ފަސޭހައިން އެނގޭނެއެވެ.
"އަޅުގަނޑުމެން އޭގެ މަޝްވަރާތަކެއްވެސް އެބަކުރެވޭ ޝާމިލް ލޯގޯ ޖެހިފައި ހުރި ވަރަށް ރީތި އަތްތެރި މަސައްކަތް އެތަންތަނައްވެސް (ރާއްޖެއިން ބޭރުގެ ޔޫއެން ފަދަ އިދާރާތަކަށް) ގެންދެވޭތޯ،" ވަޒީރު ވިދާޅުވިއެވެ.
ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދޭ ފޯމު ބީސީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމުން އެޕްލިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ