ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ދޫކުރުން ބަލައިނުގަނެވޭނެ: ފައްޔާޒު

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.ފައްޔާޒު ބިމުގެ މައްސަލައިގައި ވާހަކަދައްކަވާފައި މިވަނީ ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ރިޕޯޓު ކުރި ހަބަރަކާ ގުޅިގެންނެވެ.ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ."ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.ފައްޔާޒު ވަނީ ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ ވެސް ސުވާލުކުރައްވާފަ އެވެ. މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ