ވައިގެ މަގުން ރާއްޖެ އެތެރެކުރި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ މިލިއަން ރުފިޔާގެ ހެރޮއިން، ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނީ، އެ ތަކެތި އަތުލައިގަނެފައި މިދިޔަ ހުކުރު ދުވަހު ރާއްޖެ އައި މީހެއްގެ އަތުން ކަމަށެވެ. އެ ތަކެތި ޓެސްޓް ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. https://x.com/CustomsMv/status/2028092961393910001 ކަސްޓަމްސްއިން ބުނި ގޮތުގައި އެ މަސްތުވާތަކެތީގެ ބަރުދަން 2.2 ކިލޯއަށް އަރާއިރު، އޭގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާއެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް އޭރު ކަސްޓަމްސްއިން ބުނެފައިވެއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ވަނީ މިދިޔަ ޑިސެންބަރު މަހު ފާސްކޮށްފައެވެ. އޭގެ ތިން ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބަދަލު ތަސްދީގުކުރައްވައިފައެވެ. އެ ގާނޫނުގެ ދަށުން، ވަކި ހާލަތްތަކެއްގައި، މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ