ޗާގޯސް މައްސަލަ: ޓްރަމްޕްގެ ބަހާމެދު ނަޝީދުގެ އާ ހިޔާލެއް ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ހުއްޓާނުލާކަމަށް ރައީސް ވިދާޅުވެއްޖެ ޗާގޯސް މައްސަލައިގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭ: އަސްލަމް ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަ

ޗާގޯސް ރަށްތަކުގެ މައްޗަށް ރާއްޖެއިން ދައުވާކޮށް، އެ ރަށްތައް މޮރިޝަސްއަށް ދިނުމާ ދެކޮޅު ހަދާތީ، އެ ގައުމުން ރާއްޖެއާއެކު އޮތް 44 އަހަރުވީ ހާރިޖީ ގުޅުން ވަގުތުން ކަނޑާލަން ނިންމައިފިއެވެ.
މޮރިޝަސްގެ ޕްރައިމް މިނިސްޓަރުގެ އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިކަން ނިންމާފައިވަނީ މިއަދު ބޭއްވި އެ ގައުމުގެ ކެބިނެޓު ބައްދަލުވުމުގައެވެ. އެ އޮފީހުން ބުނީ، އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދައި، އެ ރަށްތަކުގެ މިލްކުވެރިކަމަށް ރާއްޖެއިން ދައުވާކުރަމުންދާތީ، ގުޅުން ކަނޑާލަން ކެބިނެޓުން ފާސްކުރީ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމުކުރީ މީގެ 44 އަހަރު ކުރިން، 1981 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި ގުޅުން ކަނޑާލުމާ ހަމައަށް، ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ ގޮތުގައި ހުންނެވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް (އިޓްލޮސް) އިން ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމަށް ނިންމި ނިންމުން ބަލައިނުގަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާއެކު، ދިވެހި ކޯސްޓްގާޑުގެ އުޅަނދުތައް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
މީގެ އިތުރުން، ޗާގޯސްގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން ފެންނަން އޮތް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ އިނގިރޭސި ޕްރައިމް މިނިސްޓަރަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ރާއްޖެއަށް އެ ރަށްތައް ލިބިއްޖެނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒު އެތަނުގައި ހިންގުމުގެ ފުރުސަތު ދެއްވާނެކަން އެމެރިކާ ސަރުކާރަށް ވެސް ވަނީ ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ