އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެހި މީހާ ނިޔާވެއްޖެ އެވެ.
ނިޔާވީ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ހަސަން އެވެ. ސައުދީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މުހައްމަދު ހަސަން ނިޔާވީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ.
އޭނާގެ ދަރިއަކު ބުނި ގޮތުގައި އެޑްމިޓް ކުރި ފަހުން ނިޔާވުމާއި ހަަމައަށް ހާލަތަށް މާބޮޑު ބަދަލެއް ނާދެ އެވެ. ފަހުން އޮތީ ވެސް ވެންޓިލޭޓަރަށް ލައިފަ އެވެ.
މުޙައްމަދު ހަސަން އުމްރާގެ އަޅުކަމަށް ދިޔައީ ގިބްލަ ގުރޫޕުންނެވެ.
އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެހި މީހާ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ