ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ކަމަށް ފުލުހުން ތުހުމަތު ކުރި ނަދީމް ޕީއެންސީގެ ކެމްޕެއިނުގައި ހަރަކާތްތެރިވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ކަމަށް ފުލުހުން ތުހުމަތު ކުރި ނަދީމް ޕީއެންސީގެ ކެމްޕެއިނުގައި ހަރަކާތްތެރިވަނީ

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި އޭގެ ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށް ފަހުން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެދިގެން ކައުންސިލް އިންތިހާބާ ދިމާކޮށް ދޫކުރި ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް، 30، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިނުގައި ބައިވެރިވާން ފަށައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނަދީމް އަންނަނީ ޕީއެންސީގެ އައްޑޫ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ އާއި ޕީއެންސީން ސ. ހިތަދޫ މާމެންދޫ ދާއިރާގެ ކެންޑިޑޭޓް ފާތިމަތު ރަޝީދާ އަދި ޕީއެންސީގެ އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ވެސް ބައިވެރިވަމުންނެވެ.
އައްޑޫގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނަދީމްގެ އިތުރުން އިތުރު ފަސް މީހަކު ވެސް ހައްޔަރުކުރުމަށްފަހު ޕީޖީ އައްބާސް އެދިގެން ދޫކޮށްލިއިރު، އޭގެ ތެރެއިން ބައެއް މީހުން ވެސް އުޅެނީ ޕީއެންސީގެ ކެމްޕެއިނުގަ އެވެ.
ނަދީމްގެ އިތުރުން ދެން ދޫކޮށްލީ ސ. ހިތަދޫ ފަލާހް، ހާފިޒު ފައުޒީ، 31، އާއި ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43 އާއި ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23، އަދި ދ. ހުޅުދެލި، އަންބަރީގެ، ޒަހްނާ އަހްމަދު އެވެ.
ޕީޖީން ކުރިން ބުނީ އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ ހަ މީހުން ދޫކޮށްލީ މައްސަލައިގައި ތަހުގީގު ކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ނެތުމުން ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގު މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވޭ،" ޕީޖީން ބުންޏެވެ.
މައްސަލާގައި ދައުވާކުރެވޭ މިންވަރަށް މިވަގުތަށް ހެކި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިން ކުރި ނަމަވެސް، އައު ހެކި ލިބިއްޖެ ހާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަލުން ދައުވާކުރުމަށް އެދި ހުށަހެޅުމަށް ފުލުހުންނަށް ޕީޖީން ވަނީ ލަފާދީފަ އެވެ.
ފުލުހުން ބުނާ ގޮތުގައި މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފަށާފައި ވަނީ މިދިޔަ އަހަރު މާޗު މަހުން ފެށިގެން ކަމަށާއި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާ ކަމަށެވެ.
މީގެއިތުރުން އައްޑޫ މި ޑްރަގް ނެޓްވޯކުގައި ހިމެނޭ ހަތަރު މީހެއްގެ އެކައުންޓަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ