ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު
ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން -- ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި އެވެ.އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މާޗް 30، 2016 ގަ އެވެ. އެ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓްގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައި ހަދިޔާ ވެސް ދީފަ އެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ސައުދިއާ އިން ހަފުތާއަކު ފަސް ފްލައިޓް ރާއްޖެއަށް ބާއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ