ފަލަސްތީން މީހުން މަރަން އިސްރާއީލުން ގާނޫނެއް ފާސްކޮށްފި
ފަލަސްތީނުގެ އޮތޯރިޓީން މި ބިލް ސިފަކޮށްފައިވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ "ހަނގުރާމައިގެ ޖަރީމާއެއް"ގެ ގޮތުގައެވެ. މިއީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަނާ ޚިލާފު، އަދި އިންސާފުވެރި ޝަރީއަތެއްގެ ހައްގު ނިގުޅައިގަންނަ ނިންމުމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގަމުންދާ ދަނޑިވަޅެއްގައި ފާސްކުރި މި ގާނޫނަކީ ހަމައެކަނި ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންނަށް އަމާޒުކޮށް ހަދާފައިވާ ގާނޫނެކެވެ. ބައިނަލްއަގުވާމީ ގާނޫނު ބުނާގޮތުން، އިސްރާއީލުގެ ޕާލަމެންޓަށް ހުޅަނގު އައްސޭރީގެ މައްޗަށް ގާނޫނު ހެދުމުގެ އެއްވެސް ބާރެއް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ