މިހާރު އުމުރުން 17 އަހަރު ފުރިފައިވާ ކުދިންނާއި އެއަށްވުރެެ ހަގު ކުދިންގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އުފަންވާ ކުދިންނަށް ޤާނޫނުގެ ތެރެއިން ދުވަހަކު ވެސް ސިނގިރޭޓު ނުވިއްކޭނެ ފަދަ ޤާނޫނެއް އިނގުރޭސިލާތުގައި ފާސްކޮށްފިއެވެ.
އިނގިރޭސިވިލާތުން ފާސްކުރި ‘ޓޮބަކޯ އެންޑް ވޭޕްސް’ ބިލުން ސިނގިރޭޓު ގަނެވޭނެ މީހުންގެ އުމުރު އަހަރަކަށް ފަހު އަހަރެއް ދާނީ އުފުލަމުންނެވެ. އެ މަސައްކަތް ފަށާނީ 2009ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަމާޒުކޮށްގެންނެވެ. އެ ބިލުގެ ދަށުން އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވޭޕްއާއި ނިކޮޓިން ހިމެނޭ ބާވަތްތައް ވިއްކުން ވެސް މަނާކުރެއެވެ. އަދި އެ ފަދަ ތަކެތި އިސްތިހާރު ކުރުމާއި ފެންނަ ގޮތަށް ބެހެއްޓުމާއި ހިލޭ ބެހުމާއި ޑިސްކަޓުންޓު ދިނުން ވެސް މަނާކުރއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ އަލަށް ފާސްކޮށްފައިވާ ޤާނޫނުގެ ސަބަބުން ސިނގިރޭޓު ބޯ މީހުންގެ ޢަދަދު މަރުކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ޒުވާނުން ނިކޮޓިންއަށް ދެވިހިފުމުން ވެސް ދުރުހެލިކޮށްދޭނެ ކަމަށެވެ. އެ ކަންކަމުގެ ސަބަބުން ޤައުމުގެ ޞިއްޙީ ނިޒާމަށް ކުރިމަތިވާ ބުރަތަކަށް ލުޔެއް ލިބޭނެ ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިނގިރޭސިވިލާތުގައި އަހަރަކު 64،000 މީހުން މަރުވެއެވެ. އަދި 400،000އަށްވުރެ ގިނަ މީހުން ހަސްފަތާލުތަކުގައި އެނދުމަތި ކުރެއެވެ.
ދުންފަތާއި ދެކޮޅަށް އިނގިރޭސިވިލާތުގައި ޖެނެރޭޝަނަލް ބޭންއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ