އުރީދޫގެ ކަސްޓަމަރުންނަށް، އެ ކުންފުނީގެ ސުޕަ އެޕްގައި ހިމެނޭ 'ކަރާ ފެޅުން' ގޭމް ކުޅެގެން 100،000ރ.ގެ އަގުހުރި ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ރޯދަމަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ތަފްސީލް - ނަސީބުވެރި އެއް ފަރާތަކަށް ލިބޭ 100،000ރ.ގެ ބަންޑްލަގައި ހިމެނެނީ:
ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް (އާރުސީ2)
ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ
އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ
ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓާ ކޮމްބޯ
މެކްބުކް އެއާ އެމް5
އައިޕެޑް އެއާ
އެޕަލް ޕެންސިލް
އައިފޯން 17 ޕްރޯ 256ޖީބީ
ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އާއި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުން އަދި ދުވަހުން ދުވަހަށް ބޭނުންކުރާ ޑިޖިޓަލް އާލާތްތައް އެކުލެވޭ މި އިނާމަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކާއި އުފެއްދުންތެރިން އަދި އާ ކަންކަން ތަޖުރިބާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖެކެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް މެދުވެރިކޮށް މި ގޭމް ކުޅޭ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭނެ އެވެ. މީގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި ޕްލޭސްޓޭޝަން 5 ކޮންސޯލްތަކާއި އެއާ ޕިއުރިފަޔާތަކާއި ފައިސާގެ އިނާމުތަކުގެ އިތުރުން އެހެނިހެން ހަދިޔާ ވެސް ހިމެނެ އެވެ.
ފާހަގަކޮށްލެވޭ - މި ކެމްޕޭން މެދުވެރިކޮށް އުރީދޫން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށް، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި އުފާވެރިކަން ގެނެސްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.
އުރީދޫ އެޕުން ކަރާ ފަޅައިގެން ލައްކައެއްގެ އަގުހުރި އިނާމު އަދިވެސް ހޯދިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ