ވިލިމާލޭގައި ޑިންގީ އާއި ކުދި ލޯންޗުތައް އަޅާ ސަރަހައްދު ތަރައްގީކުރަން މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ވައުދުވެއްޖެ އެވެ.
ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ޒަރިޔަންދު ވިދާޅުވީ ވިލިމާލޭގައި ޑިންގީ އާއި ލޯންޗު މިހާރު އަޅާ ސަރަހައްދަކީ ރަސްމީކޮށް އެކަން ކުރާ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެތަނުގައި ފައްތިޔާތައް ވެސް ގަވާއިދުން ކަނޑައަޅައި ތަރުތީބު ކުރާނެ ކަމަށެވެ.
ޑިންގީ އާއި ލޯންޗުތަކުގެ އިންޖީނު މަރާމާތުކުރާ ތަނެއް ވެސް އެތަނުގައި ގާއިމުކޮށް، އެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ވެސް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިންގީގެ ކުދި ލޯންޗުފަހަރު އެ އަޅަމުންގެންދާ ސަރަހައްދަކީ ރަސްމީ ސަރަހައްދެއް ކަމަށް ކަނޑައެޅި، އެތަނުގައި ފައްތިޔާތައް ވެސް ގަވާއިދުން ކަނޑައެޅި ތަރުތީބުކުރެވި، އަދި އެ ސަރަހައްދުގައި ބަރާބަރަށް ރަސްމީކޮށް ކަރަންޓުގެ ހިދުމަތް ދެވި އަލިކުރެވި އަދި ޑިންގީތަކާއި ނުވަތަ ކުދި ލޯންޗުފަހަރުތަކަށް އިންޖީނު މެއިންޓެއިންކުރުމުގެ މައިގަނޑު ހިދުމަތްތައް ގާއިމުކުރެވޭ ވަސީލަތަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ހުއްޓިފައިވާ ބަގީގެ ހިދުމަތް އަލުން ފަށައި އެތަނަށް އިލެކްޓްރިކް އެމްބިއުލާންސެއް ވެސް ހޯދައި ހިދުމަތް ދޭން ފަށާނެ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
މީގެއިތުރުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން ނުދާއިރު، ބަގީގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ކުންފުންޏަށް އަދިވެސް ބިމެއް ދީފައި އިތްކަން ޒަރިޔަންދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މޭޔަރުކަމުގައި އެ ބިން ވެސް ކުންފުނި އަތުން އަތުލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބަގީގެ ހިދުމަތް ދޭނީ ވިލިމާލޭގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީން ކަމަށެވެ. އެ ކޯޕަރޭޓިވް ސޮސައިޓީއަކީ މާލެ ސިޓީގެ 50 ޕަސަންޓު ހިއްސާ އޮންނަ އަދި ބާކީ 50 ޕަސަންޓު ވިލިމާލޭ ރައްޔިތުންގެ އޮންނަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ޑިންގީ އަޅާ ސަރަހައްދު ތަރައްގީކުރަން ޒަރިޔަންދު ވައުދުވެއްޖެ ވިލިމާލޭގައި ޑިންގީ އަޅާ ސަރަހައްދު ތަރައްގީކުރަން ޒަރިޔަންދު ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ