ދުވަހުގެ ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު: މެޓް

ދުވަހުގެ ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓު އޮފީހުން މިއަދު ބުނީ، ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ.
ތަފްސީލް - މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތިކަމަށާއި ދުވާލުގެ ހުނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރުގެ ފަރަގު ވެސް ކުޑަކަމަށް މެޓުން ބުންޏެވެ.
މިއާ އެކު، ކުރިއަށް އޮތް އޭޕްރީލް މަހު، އާންމު ގޮތެއްގައި ހުންނަ ވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 11 ޖެހިއިރު މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގަ އެވެ. އެގޮތުން:
މި ސަރަހައްދުގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީގައި
މެޓުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައި ހުރި އެ އިދާރާގެ އޮފީސްތަކުން ނަގާ ފިނިހޫނުމިނުގެ ހިސާބުތައް ދުވާލަކު ތިން ފަހަރު އާންމުކުރަމުންނެވެ.
ފާހަގަ ކުރެވޭ - މި ހިނގާ މާޗު މަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މެޓުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ