މި ރަމަޟާން މަހު ފަހުދިހަ މިވަނީ ފެށިފަ އެވެ. މިފަހަރު ކިޔުންތެރިންނަށް މި ގެނެސްދެނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ "ތަވާ" ރެސްޓޯރެންޓުގެ ރޯދަ ވީއްލުމެވެ.
އާއިލާއާ އެކީގައި ނުވަތަ ގާތް ރަހުމަތްތެރިންގެ ބޮޑު ގްރޫޕަކާ އެކީގައި ކަމަށްވީ ނަމަވެސް، ތަވާ އިން ވަނީ އެކުވެރިކަމާއި އުފާވެރިކަން އިހުސާސްކޮށްދޭ ފަދަ މާހައުލަކާއި ރޯދަ ވީއްލުމަށް ތަވާގެ ތަފާތު ރަހަތައް ހަފުތާގެ އެކި ދުވަސްތަކަށް ވަނީ ބަހާލައިފަ އެވެ.
ގިނަ ބަޔަކު އެކުގައި ރޯދަވީއްލަން ދާން ބޭނުންވާ ފަރާތްތަކަށް ތަވާ އިން ވަނީ ވަރަށް ބޮޑު ލުޔެއް ދީފައެވެ. އާއިލީ ބައްދަލުވުމެއް ނުވަތަ އޮފީސް ރޯދަވީއްލުމެއް ބޭއްވި ކަމުގައިވިޔަސް، 10 މީހުންނަށްވުރެ ގިނަ ގްރޫޕްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މިއީ މުޅި އާއިލާ ނުވަތަ އޮފީސް ޓީމު އެއްކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
ތަވާ ރެސްޓޯރަންޓު
ފަންސަވީސް މީހުންގެ ގްރޫޕަކުން ބުކިން ހައްދަވައިފިނަމަ، ރެސްޓޯރެންޓުގެ މުޅި ފަސްޓް ފްލޯ ޕްރައިވެޓްކޮށް ލިބޭނެ އިންތިޒާމުވެސް ތަވާ އިން ވަނީ ހަމަޖައްސާފައެވެ. މިއީ އެއްވެސް އުނދަގުލެއް ނެތި އަމިއްލަ މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ރޯދަވީއްލުމަކީ މުޅި އާއިލާގެ އުފަލަކަށްވާތީ، ކުޑަކުދިންނަށް ތަވާ އިން ވަނީ ހާއްސަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެހެންވެ، 5 އަހަރުން ދަށުގެ ކުދިންއަށް އެއްވެސް އަގެއް ނުނަގަ އެވެ. އަދި 10 އަހަރުން ދަށުގެ ކުދިންނަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.
ގޭގައި ތިބެގެން ތަވާގެ ރަހަތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ނޯމަލް މެނޫގެ އައިޓަމްތައް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ލިބެ އެވެ. އަދި ރޯދަވީއްލާ ގަޑިއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ޝެއަރިން ޕްލެޓާސް" ތަކަކީ ގިނަ ބަޔަކަށް އެކުގައި ބައިވެރިވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ، ރަހަ މީރު އަދި ހިތްގައިމު ހޮވުމެކެވެ.
ތަވާގެ މީރު ރަހަތަކާއި ހިތްގައިމު މާހައުލުގައި ހަނދާނުން ފޮހެނުލެވޭ ރޯދަ ވީއްލުމެއް ތަޖުރިބާކުރުމަށް އަވަހަށް ޖާގަ ކަށަވަރުކުރައްވާށެވެ.
ބުކިން ހެއްދެވުމަށް:
ތަވާގެ ރޯދަ ވީއްލުން ތަފާތު؛ ބޮޑެތި ގުރޫޕްތަކަށް ހާއްސަ ލުއިތަކެއް ތަވާގެ ރޯދަ ވީއްލުން ތަފާތު؛ ބޮޑެތި ގުރޫޕްތަކަށް ހާއްސަ ލުއިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ