ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށް

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު 18 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށް ހުކުމްކުރީ، ޏ. ފުވައްމުލައް ފުނާޑު، ނަވާ އަބްދުﷲ ވަހީދު މޫސާ (58އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މިދިޔަ އާދިއްތަ ދުވަހު، އަބްދުﷲ ވަހީދު މޫސާގެ މައްޗަށް ކޯޓުން ހުކުމްކުރީ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި އެއް އަހަރާއި ހަތް މަހާއި ނުވަ ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި ހަތަރު މަހާއި 21 ދުވަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ