ތުރުކިޔޭގައި ދިވެހިންނަށް ހިލޭ މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު

ތުރުކިޔޭ
ސަރުކާރުގެ ސްކޮލަރޝިޕް "ތުރުކިޔޭ ބުރުސްލަރީ" އަށް ކުރިމަތިލުމުގެ
ފުރުޞަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްއަކީ ތުރުކިޔޭ ސަރުކާރުގެ ފުލީ ފަންޑެޑް ސްކޮލަރޝިޕް ތަކެކެވެ މި
ސްކޮލަރޝިޕްގައި ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ އަށް އެ
ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ސްކޮލަރޝިޕްތަކާ ގުޅޭގޮތުން މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަނުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ސްކޮލަރޝިޕް
ލިބޭ ދަރިވަރުންނަށް އެންމެ ފުރަތަމަ ތުރުކިޔޭއަށް އަންނަ ޓިކެޓް އަދި ކޯސް ނިންމާ
ގްރެޖްއޭޓް ވެގެންދާއިރުގެ ޓީކެޓް ކަވަރ ކޮށްދޭނެކަމަށެވެ. މީގެ އިތުރުން އެކޮމޮޑޭޝަން،
ލިވިންގ އެލަވަންސް، ހެލްތް އިންޝުއަރެންސް އަދި މަންތްލީ ސްޓައިޕެންޑްވެސް ހޮމެނޭ ކަމަށެވެ.
ސްކޮލަރޝިޕަށް
ކުރިމަތި ލުމުގެ ފުރުޞަތު މި ހިނގާ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ
ހުޅުވާލެވިފައެވެ. ކުރިމަތި ލުމަށް ބޭނުންވާ ދަރިވަރުން އެއްވެސް ކަމެއް
ސާފުކޮށްލުމަށް ނުވަތަ އެއްވެސް އެހީއެއް ބޭނުންވާނަ "މޯލްޑިވިއަން
ސްޓޫޑެންޓް އެސޯސިއޭޝަން އިން ތުރުކިޔޭ – އެމް.ސެޓް" ގެ ފޭސްބުކް އަދި
އިންސްޓަރގްރާމް އަށް މެސެޖް ކޮށްގެން ކުރިޔަށް ގެންދެވޭނެ ކަމަށް އެ ޖަމއިްޔާއިން ބުނެއެވެ.
ތުރުކީއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ގޮސް އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ