އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި އެވެ.ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ އެމްއޭސީއެލްގެ ކާމިޔާބީ ވަޒަންކުރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށްވީ ނަމަވެސް ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރު އިތުރުކުރުން ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ.ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސްފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑްޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާމިޑިލް އީސްޓް: އިއްތިހާދު އެއާވޭސްކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓްޔޫރަޕް: ވާޖިން އެޓްލާންޓިކްއިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސްމިޑިލް އީސްޓް: އެމިރޭޓްސްކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓްޔޫރަޕް: ޓާކިޝް އެއާލައިންސްއިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް)ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާޓޮޕް ޑޮމެސްތިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ކާގޯ އެވޯޑް:ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑްޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސްޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސްޓޮޕް އެއާލައިން ބައި ކާގޯ ތްރޫޕުޓް: އެމިރޭޓްސްލައުންޖް އެވޯޑް ކެޓަގަރީ:ވިލު ޕާޓްނަރ އެވޯޑް – ޖަވަކަރަ އައިލެންޑް މޯލްޑިވްސްމާމަހި ޕާޓްނަރ އެވޯޑް (ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ): އަވިއާ މޯލްޑިވްސްމާމަހި ޕާޓްނަރ އެވޯޑް )ރިސޯޓް): ސޮނެވާ ރިސޯޓްސް, މޯލްޑިވްސްކޮވެލި ޕާޓްނަރ އެވޯޑް - އެމިރޭޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ