އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރައިފިއެވެ.
ފަލަސްތީންގެ މީޑިއާތަކުން ބުނީ ޝަހީދުވި ގިނަ މީހުންނަކީ ކުރިން ހަމަލާތަކުގައި އަނިޔާވާ ވެގެން ގެެންގޮސްފައި ތިބި މީހުންނާއި ކުޑަކުދިން ކަމަށެވެ.
އަދި އެ ހޮސްޕިޓަލުން ޒަހަމްވި މީހުންނާއި ޝަހީދުވި މީހުން މިހާރު ގެންދަނީ އަލް ޝިފާ ހޮސްޕިޓަލަށެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ގާޒާގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް ދެމުންދާ ހަމަލާތަކެކެވެ.
ކަރަންޓު ކަނޑާލުމުގެ ސަބަބުން އަނދިރީގައި އޮތް ގާޒާގައި އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލުން މިރޭ ބޮން އަޅައި ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ. އެންމެ ފުރަތަމަ އަންދާޒާކުރީ 200-300 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...
ޣައްޒާގެ ހޮސްޕިޓަލެއް ގޮއްވާލާ 500 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ