ކުރީން ވެސް ތިބީ ދެވަނަ ބުރަކަށް ތައްޔާރުވެގެން، ކަންބޮޑުވުމެއް ނެތް: ރައީސް

"އަޅުގަނޑުމެން ތިބީ ދެވަނަ ބުރަކަށްވެސް ތައްޔާރު ވެގެން. ވަރަށް ރަނގަޅަށް ތައްޔާރު ވެގެން. މިވަގުތު އަތުވެދާނެކަން ހަމަ ވިސްނާ ޕްލޭން ކުރަމުން އަޅުގަނޑުމެން ގެންދިޔައީ. އަޅުގަނޑުމެންނަކަށް މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެ ކަމަށް ބަލައިގެން ކުރީން ވެސް ތިއްބެވީ ތައްޔާރަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ކަންމަތީ އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާ އެކު ކަމަށެވެ. އެކަން ކާމިޔާބު ނުވީ ޕާޓީތަކުން ވަކިވަކީން ނިކުމެ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށް ވިދާޅުވި އެވެ. އެގޮތުން އެހެން ޕާޓީޠަކުން 30،00 ވޯޓް ބައިބައިކުރި ކަމަށް ވިދާޅުވި އެވެ.އަދި ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް އޮތީ ދެވަނަ ބުރަކަށް ވެސް ތައްޔާރު ވެގެން ކަމަށާ ދެވަަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ."އަޅުގަނޑުމެން ތިބީ ދެވަނަ ބުރަކަށްވެސް ތައްޔާރު ވެގެން. ވަރަށް ރަނގަޅަށް ތައްޔާރު ވެގެން. މިވަގުތު އަތުވެދާނެކަން ހަމަ ވިސްނާ ޕްލޭން ކުރަމުން އަޅުގަނޑުމެން ގެންދިޔައީ. އަޅުގަނޑުމެންނަކަށް މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،"ރައީސް މިރޭ ވެސް ވިދާޅުވީ އަދި ކުޅެވުނީ އެއް ހާފު ކަމަށާ މިވަގުތު އޮތީ ތިން ގޯލް އެއް ގޯލުގެ ބަލިވެފައި ނަމަވެސް ޗޭންޖިން ރޫމަށް ވަދެ ޓީމު އަލުން އަތުރާލާފައިވާ ކަމަށެވެ. އަދި މޮޅުކުޅުންތެރީން ކުރިއަށް ނެރެ ދެވަނަ ހާފުން ބޮޑު ތަނުން މޮޅުވާނެ ކަމަށެވެ."ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުން މިތީ އެބަތިބި. އެންމެ މޮޅެތި ފޯވާޑުން އެބަތިބި. އަޅުގަނޑުމެން ދެވަނަ ހާފަށް މި ނިކުންނަނީ މި ބޭފުޅުންގެ ވެސް ރޭވުންތެރިކަމާ އެކީގައި،" އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އަކަށް ހުންނެވީ ގައުމީ ޓީމުގެ ކުރީގެ  ކެޕްޓަން ޝާހް އިސްމާއީލަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ