އޭރު ގޮވީ ވަގެކޭ، މިއަދު ރައްޔިތުން ގޮވަނީ "ޗޯރު" - އަބުޅޯ

2018 ވަނަ އަހަރު ރައްޔިތުން ނިކުމެ ގޮވީ "ވަގެކޭ" މިހެން ކަމަށާއި، ނަމަވެސް މިއަދު ރައްޔިތުން ނިކުމެ މިއަދު ގޮވަނީ "ޗޯރު" ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރ ޢަބްދުالله އަޙުމަދު (އަބުޅޯ) ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގައި ގާސިމަށް އެންމެ ހޫނު މަރުހަބާއެއް ދެންނެވި އެއް ރަށަކީ ތިނަދޫ ސިޓީއެވެ.
ރަތް ކުލައިގެ ފަތިތަކުން ތިނަދޫ ސިޓީގެ ބަނދަރު ޒީނަތްތެރިކޮށްފައިވާއިރު، ދަމާލާފައިވާ މަރުޙަބާގެ ސަފު ކޮޅާ ކޮޅު ނުފެންނަ ވަރަށް ދިގެވެ. ރިޔާސީ ކެމްޕެއިންގައި ޤާސިމާއި ޖޭޕީގެ ލީޑަރޝިޕް ތިނަދޫ ސިޓީއަށް ދާދި ދެންމެ ވަޑައިގެންފައިވާއިރު، އެ ސިޓީން ޤާސިމް ކިޔާފައިވަނީ މާފަތީގެ ޙޫނު މަރުޙަބާ އެކެވެ.
ތިނަދޫއަކީ އެންމެ ފަހުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ރަށެވެ. ރިޔާސީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި ރަށަށް އެންމެ ފަހުން ވަޑައިގެން އެމަނިކުފާނު ވަނީ މި ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވައިފައެވެ.
ތިނަދޫ ސިޓީ ތަރައްޤީ ކުރާނީ މާލެއަށް ވުރެ މާ ފުރިހަމައަށް ކަމަށާއި، މާލެއިން ނުލިބޭ އެތައް ޚިދުމަތްތަކެއް ލިބޭނެހެން ތިނަދޫ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށް ރޭގެ ޖަލްސާގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ