ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދެންމެ ބުނީ އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިރޭ ހުށައަޅައިފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދެންމެ ބުނީ އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.ޔާމީނަކީ ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ކެމްޕޭން ފެއްޓެވީވެސް ޔާމީނެވެ. ޖަލު ހުކުމެއް އައީ އޭގެ ފަހުންނެވެ. ޔާމީނަށް ދެ ފަހަރެއްގެ މަތީން ޖަލު ހުކުމެއް އަތުވެއްޖެ އެވެ.ފުރަތަމަ ހުކުމުން އެމަނިކުފާނު ސަލާމަތްވެވަޑައިގެން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވިތަނާ ދެވަނަ ހުކުމެއްގައި ވަނީ ޖަލަށްލާފަ އެވެ.ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްްގައި ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތު ވެގެނެވެ. ކްރިމިނަލް ކޯޓުން އެ ހުކުން ޖެހީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު އެ ޝަރީއަތް އޮތީ ހުއްޓިފަ އެވެ. ދިގު ޖަލު ހުކުމެއްގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން ކުރިންސުރެ އިއުލާނު ކުރައްވާފަ އެވެ. އަދި ޕީޕީއެމުން އަބަދުވެސް ބުނަމުން އައިސްފައި ވަނީ ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށާއި އެ މަނިކުފާނު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. ހައިކޯޓުން މިނިވަންވާނެ ކަމަށްވެސް ގާނޫނީ ޓީމުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ހައިކޯޓްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތް ނުވުމުން އެ އުންމީދު ވަނީ ފަނޑުވެފައެވެ.އަނެއްކޮޅުން ދަށު ކޯޓްގައި އޮތް ޔާމީންގެ މައްސަލަ ވަރަށް ބާރަށް ގެންދަން ވަނީ ހިފާފައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ކޯޓްގައި މައްސަލަތައް ހިންގަނީ ސަރުކާރުގެ ނުފޫޒުގައެވެ. ޔާމީން މިނިވަން ވިޔަ ނުދޭން ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މީޑީއާތަކަށް މެސެޖެއް ފޮނުވައި ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ފޯމް ފުރުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން މިހާރު ކުރިޔަށްދާ ކަމަށެވެ. އިލެކްޝަނަށް ފޯމް ހުށަހަޅާ ދުވަސް މީޑިއާތަކަށް އަންގާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ