ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އައިސްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ބަނދަރުކުރީ ޕާކިސްތާނު އަސްކަރިއްޔާގެ "ޕީއެންއެސް ސައިފް" އެވެ. އެ ދުވަހު ޕާކިސްތާނުގެ މަނަވަރު ވަނީ މާލޭ ވިޔަފާރި ބަނދަރާއި ގާތް ކޮށްފަ އެވެ.
ނަމަވެސް، މި އުޅަނދު ރާއްޖެ އައުމާއި ގުޅޭގޮތުން މިހާތަނަށް ދިވެހި ސިފައިން އަދި ދިވެހި ސަރުކާރުން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ޕާކިސްތާނުގެ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާގެ ނޭވީ އިންވެސް މި އުޅަނދު ރާއްޖެ އައި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މި ފަހަރު ރާއްޖެ އައި ޕާކިސްތާނުގެ މަނަވަރަކީ 123 މީޓަރު ދިގު، އަދި 215 ސިފައިންނާއެކު ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދު ޕާކިސްތާނުގެ އަސްކަރިއްޔާއިން ބޭނުންކުރަން ފެށީ މީގެ 16 އަހަރުކުރިންނެވެ. މި މަނަވަރުގައި އަސްކަރީ ހެލިކޮޕްޓަރު ޖެއްސޭނެ ވަސީލަތްތައް ވެސް ހުރެ އެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ މަނަވަރެއް މި އަހަރުގެ ކުރީކޮޅު ވެސް ރާއްޖެ އައެވެ. އެ ފަހަރު ރާއްޖޭގައި ބަނދަރުކުރީ ޕާކިސްތާނު އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި އެންމެ ގާބިލު އެއް މަނަވަރު ކަމަށްވާ "ޕީއެންއެސް އަސްލަތު" އެވެ.
ޕާކިސްތާނުގެ ނޭވީގެ ރަސްމީ އެކައުންޓުތަކުން އޭރު ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި މި މަނަވަރުން ރާއްޖޭގެ ކޯސްޓުގާޑާއެކު ކުރިއަށް ގެންދިޔައީ 'ރީޖަނަލް މެރިޓައިމް ސެކިއުރިޓީ ޕެޓްރޯލް' ތަމްރީނެކެވެ. މި ތަމްރީނުގައި ދިވެހި ސިފައިން ބޭނުންކުރީ އިންޑިއާއިން ހަދިޔާކޮށްފައިވާ ކޯސްޓުގާޑު އުޅަނދު 'ޝަހީދު އަލީ' އެވެ.
މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މަނަވަރުން ރާއްޖެއަށް ކުރި ދަތުރުގެ ފަހު ދުވަސްތަކުގަ އެވެ.
ޕާކިސްތާނާއި ރާއްޖެއާ ދެމެދު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތަކެއް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް ޖެނެރަލް އަދި އެ ގައުމުގެ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ޒާހިރު ސަމްޝާދު މިރްޒާ މިދިޔަ މަހު ރާއްޖެ ވަޑައިގެންނެވި އެވެ.
އޭނާގެ ދަތުރުގައި މުއިއްޒުގެ އިތުރުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރި އެވެ.
ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ