ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާހިލާފަށް ވަދެއުޅުނު އެ ބޯޓު އަތުލައިގަނެފައިވަނީ، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައެވެ.
އެމްއެންޑީއެފުން ބުނީ ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ރާއްޖޭގެ އަސްކަރިއްޔާގެ ޑިޕާޓްމަންޓްތައް ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ ޑްރޯން ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗްމަހުގެ ތެރޭގައެވެ. އެއާކޯގެ ފްލީޓްގައި މިހާރު ތިން ޑްރޯން ބޭނުންކުރެއެވެ. އެއީ ތުރުކީން ގެނެސްފައިވާ "ބައިރަކްތާރު ޓީބީ2" މަރުކާގެ ޑްރާންއެވެ.
އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު މިދިޔަ ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު ވަނީ އައްޑޫސިޓީގައި ގާއިމްކޮށްފައެވެ.
ގަވާއިދާ ހިލާފަށް ވަދެއުޅުނު ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ