ތަހައްޖުދް ނަމާދުން ލިބޭ ފައިދާތައް ވަރަށް ގިނަގިނަވެފައި އެންމެ ބޮޑެތި ފައިދާތައް ލިބެނީ ވެސް ތަހައްޖުދު ނަމާދުންކަން އެއީ ޔަޤީން ކަމެކެވެ. އެހެނީ
1 ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވުން
2 ފާފަތައް ފުއްސަވައި ދެއްވަވާކަން ހިމްނިގެންވެއެވެ.
މި 2 ކަންތައް ޙާޞިލްވެއްޖެނަމަ އެއޮތީ ހުރިހާ ކަމެއް ޙާޞިލް ކުރެވިފައެވެ. ﷲ ތަޢާލާ އާއި އެމީހަކު ކުއްތަންވުން އިތުރުވުމާއި ފާފަތައް ފުއްސަވައިދެއްވެވުމަކީ މީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ.
ދެން އޮތީ ފުރިހަމަ ޞިއްޙަތެއް ލިބުމެވެ. ދަމުނަމާދު ޤަވާޢިދުންކުރުމަކީ ބަލިތަކަށް ޝިފާ ލިބޭ ކަމެކެވެ. ވީމާ ބަލިވެ އުޅޭނަމަ ކަންނެތްވެ ނިދަން އޮންނަންވީއެއް ނޫނެވެ. ހިތްވަރުކޮށްލާފައި ތެދުވަންވީއެވެ. ދަމުނަމާދުކޮށް ދުޢާކުރަންވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން އެއަށްވުރެ ބަރަކާތްތެރި ވަގުތެއް ނުވެއެވެ.
ދެން އޮތީ ތަނަވަސްކަމެވެ. ތަނަވަސްކަން ދެއްވެވުން އެދިގެން ދުޢާކުރަންވެސް އެންމެ ބަރަކާތްތެރިވަގުތަކީ އެއީއެވެ. އެހެނީ ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމުގައި އެދޭ މީހުންނަކީ ކޮބައިތޯ އެ ވަޤުތުގައި ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަށް އެ ވަގުތުގައި ވަހީކުރައްވަވަތެވެ.
މީސްތަކުންނޭވެ! ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދަމުނަމާދުކުރުމަށްފަހު އެކަމަކަށް އެދިގެން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭ ކަމެއް ނޫންކަން ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އަދި މިބަޔާންކުރި ހުރިހާ ކަންކަންވެސް މިހާމަކުރީ ހަމަ ޙަދީޘްފުޅުތަކުންނެވެ.
އަބަދުވެސް މިބުނަނީއެވެ. ދެމަފިރިން އެކުގައި ތަހައްޖުދު ނަމާދުކުރާނަމަ ވަރީގެވާހަކަ ދައްކަން ނުވެސް ޖެހޭނެއެވެ! ބޭނުންވާ ހުރިހާ އުފާވެރިކަމެއް ލިބޭނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރޭއަޅުކަމުން ލިބޭނީ ހަމައެކަނި ޘަވާބެއް ނޫން! ބޭނުންތައް ފުދި އުފާވެރިކަން ލިބުމުގެ އިތުރުން ރިޒުޤްވެސް ތަނަވަސްވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ