ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 252 ތަނެއްގެ ޝަކުވާ؛ 37 ވިޔަފާރިއެއް ބަންދުކޮށްފި

ގަވާއިދާ ހިލާފަށް ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ މިއަދު އެ މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން، 29 ނޮވެމްބަރުން އިއްޔެގެ ނިޔަލަށް ބަލައި ފާސްކޮށްފައިވާ ތަންތަނާއި ބަންދުކޮށްފައިވާ ތަންތަނުގެ މައުލޫމާތު މީގެ ތެރޭގައި ހިމެނެ އެވެ.
ތަފްސީލް - މި ތަފާސްހިސާބުތަކުގައި ވާގޮތުން:
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ - 252 ތަނުގެ ޝަކުވާ ލިބިފައިވޭ
ބަލައި ފާސްކޮށްފައިވަނީ - 98 ވިޔަފާރި
އިގުތިސާދީ ވުޒާރާއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް ބަންދުކޮށްފައިވޭ
އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވޭ
މީގެ އިތުރުން، އަލުން ހުޅުވަން އަށް ވިޔަފާރިއަކަށް ހުއްދަދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ