އިންޓަ ބަލިކޮށް ޗެމްޕިއަން ނަޕޯލީ އެއް ވަަނަ އަށް އިންޓަ ބަލިކޮށް ޗެމްޕިއަން ނަޕޯލީ އެއް ވަަނަ އަށް

ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 26) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން އަތުން 3-1 އިން މޮޅުވެ، ޗެމްޕިއަން ނަޕޯލީން ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ އަށް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރޯމާ އަށް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އިންޓަ އޮތީ އަށް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.
ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑުނެގީ 33 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، އިންޓަގެ ހެންރިކް މިކިތާރްޔަން އޭރިއާތެރެއިން ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯ އަށް ކުރި ފައުަލަކަށް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފު ފަށައިގެން ނުވަ މިނިޓް ތެރޭ ސްކޮޓް މެކްޓޮމިނޭ ވަނީ ލެއޮނާޑޯ ސްޕިނަޒޯލާ ދިން ބޯޅައަކުން ނަޕޯލީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، އޭގެ ފަސް މިނިޓް ފަހުން، އިންޓަގެ ހަކަން ޗަނޮނޯލޫ ވަނީ ޕެނަލްޓީ އަކުން ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ.
އެކަމަކު، މެޗުގެ 66 ވަނަ މިނިޓްގައި ފްރޭންކް އަންގީސާ ވަނީ ލަނޑު ޖަހައި، ނަޕޯލީ އަށް މި މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. ފަހުން، އިންޓަ އިން ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ