10،000 ރުފިޔާގެ އިނާމު ލިބޭ ދިރާގު އެމްއެލްބީބީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ IV)އަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ދިރާގުން ބުނީ މި މުބާރާތަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ އަންނަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަސް ކަމަށެވެ. ދިރާގުން ބުނީ ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް އެމްއެލްބީބީގެ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު ހަތްވަނަ ދުވަހު ކަމަށެވެ. މި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށެވެ. މި މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައަޅާފައިވާ ކަމަށް ދިރާގުން ބުންޏެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް ޑީޖީޖީ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު މި އަހަރު ބާއްވައިފައެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500 އަށް ވުރެ ގިނަ ގޭމު ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ