އަމަންހިޔާގެ ކުދިންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލައެއް ބަލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ރަށުގައި ތިބޭ ކުދިންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، އިއްޔެ ހުށަހެޅި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައެއްކަމުން މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގުން މުހިއްމު - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު 150އަށް ވުރެ މިހާރު ގިނަ އެވެ. މީގެ ކުރިން އެ ހުރިހާ ކުދިން ވެސް ބައިތިއްބަނީ ވިލިމާލެ އާއި ހުޅުމާލޭގައި ހުންނަ މަރުކަޒުތަކުގަ އެވެ.
އެކަމަކު މިހާރު ރާއްޖޭގެ ފަސް ރަށެއްގައި 'އަމާން ހިޔާ'ތަކެއް ގާއިމުކޮށް، އެ ތަންތަނަށް ބައެއް ކުދިން ވަނީ ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ