މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން އައްޔަން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟- އެމްއޭސީއެލްގެ ބޯޑަށް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން:
ބޯޑުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކި ކުރެއްވި
މެމްބަރުންގެ އަދަދު 7 އިން 9 އަކަށް ބަދަލު ކުރެއްވި
ތަފްސީލު - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ވަނީ، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޖަމީލް އުސްމާން އައްޔަން ކުރެއްވިކަން އިއުލާން ކުރައްވާފަ އެވެ.
އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ މެމްބަރެކެވެ. މި އަހަރުގެ މަޖިލީހަށް އޭނާ ކުރިމަތިލެއްވި ނަމަވެސް ކާމިޔާބުވެ ވަޑައިގެންފައެއް ނުވެ އެވެ.
އެނގުން މުހިއްމު - އެނގިފައިވާ ގޮތުގައި ރިޔާޒު ވަކިކުރެއްވީ، މި ފަހުން އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމާ އޭނާ ދެކޮޅު ހެދުމުންނެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ:
އައިޝާ ނޫރްއައިން ޖަނާހް - ޗެއާޕާސަން
އިބްރާހިމް ޝަރީފް މުހައްމަދު - އެމްޑީ
ސަހާ ވަހީދު
އިބްރާހިމް ސިޔާދު ގާސިމް
އިބްރާހިމް މަހުދީ
އެމްއޭސީއެލްއިން މިހާރު ވަނީ ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހާއްސަކޮށްގެން ޕެނިންސޫލާ އިންފްރާސްޓްރަކްޗާގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފަ އެވެ.
އެމްއޭސީއެލް ބޯޑަށް ކުރީގެ މެމްބަރު ޖަމީލު އުސްމާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ