އަހަރުގެ މިހާތަނަށް 2 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ

އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 މިލިއަނާއި ގާތް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. 
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 1.94 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 2 މިލިއަން ފަތުރުވެރިން ހަމަވާން ދެންބޭނުންވަނީ 50،587 ފަތުރުވެރިންނެވެ. 
ތަފާސްހިސާބުތަކުން ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.77 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެކެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށް ވަނީ 122،479 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.6 އިތުރު އަދަދެކެވެ.
* ޗައިނާ: 305،500 ފަތުރުވެރިން
* ރަޝިއާ: 245،989 ފަތުރުވެރިން
* އިނގިރޭސިވިލާތް: 173،970 ފަތުރުވެރިން
* ޖަރުމަނުވިލާތް: 146،935 ފަތުރުވެރިން
* އިޓަލީވިލާތް: 127،248 ފަތުރުވެރިން
މި މުއަދަތުގެ ތެރޭގައި ރާއްޖެ އައި އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ %73.7 އެވެ. %21.6 ފަތުރުވެރިން  ޗުއްޓީ ހޭދަކުރީ ގެސްޓް ހައުސްތަކުގައެވެ. އަދި ހޮޓެލްތަކުގައި %2.1 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެއެވެ. މިއީ މިދިޔަ އަހަރާއި ބަލާއިރު ގާތްގަނޑްކަށް %10 އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ